ޔޫޓިއުބްގެ ތަރި "ޕިއުޑީޕައި" 2020ގައި ޗުއްޓީއަކަށް

ދުނިޔޭގެ މަޝްހޫރު ޔޫޓިއުބް ތަރި "ޕިއުޑީޕައި"، ދެހާސްވިހި ވަނަ އަހަރުގައި ޗުއްޓީއެއްނެގުމަށްޓަކައި ޔޫޓިއުބްއާއި ދުރަށް ޖެހިލުމަށް ވިސްނާކަމަށް އޭނާ ހާމަކޮށްފިއެވެ.

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ޔޫޓިއުބްގެ އެއް ޗެނަލް ކަމުގައިވާ "ޕިއުޑީޕައި" އަކީ، ދުނިޔޭގެ މަޝްހޫރު އަދި ކުޅަދާނަ އޮންލައިން "ގޭމަރ" އެކެވެ. އަދި ދެން އަންނަ އަހަރު ޔޫޓިއުބް އިން ބްރޭކްއެއް ނެގުމަށް ރާވަމުންދާކަމަށް ، އެންމެ ފަހުން އޭނާ ހިއްސާކޮށްފައިވާ ވީޑިއޯގައި ބުނެފައިވެއެވެ.

މި ވީޑިއޯގައި އޭނާ ބުނެފައިވަނީ، މި ދުވަސްކޮޅު ވަރަށް ވަރުބަލިކަން އިހްސާސްވާކަމަށާއި، ދެން އަންނަ އަހަރުގެ ކުރީކޮޅު ޔޫޓިއުބްއާއި ދުރަށް ގޮސް، ޗުއްޓީ އެއް ނެގުމަށް ވިސްނައިފިކަމަށެވެ. އަދި ޗުއްޓީ އެއް ނެގުމަށް ވިސްނީ ކީއްވެކަން އެނބުރިއައުމަށްފަހު އޮޅުންފިލުވައިދޭނެކަމަށްވެސް "ޕިއުޑީޕައި" ބުނެފައިވެއެވެ.

މި އަހަރުގެ އޮގްސްޓް މަހުގެ ތެރޭގައިވެސް "ޕިއުޑީޕައި" ވަނީ ދިހަ އަހަރަށް ފަހު ޔޫޓިއުބްއައި ދުރަށްގޮސް ޗުއްޓީއެއް ނެގުމަކީ އޭނާއަށް ވަރަށް މުހިއްމު ކެމެއްކަމަށް ބުނެފައެވެ. އޭނާ މިހެން ބުނެފައިވަނީ، އޭނަގެ ދުވަސްވީ ލޯބިވެރިޔާ "މާޒިޔާ" އާއި މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކައިވެނިކުރުމަށްފަހުގައެވެ.

ޕިއުޑީ ޕައި އަދި މާޒިޔާ ކައިވެނިކޮށްފައިވާއިރު، މި ދެ ޖޯޑުގެ ކައިވެންޏަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އަދި ސޯޝަލް މީޑިއާގައި އެ ދުވަސްވަރު އެންމެ ގިނައިން ދެކެވުނު ވާހަކައަކީވެސް އެއީއެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ