މާލޭގައި ދުއްވާ ޓެކްސީއެއްގެ ތެރެއިން މަސްތުވާތަކެތި ރޭ ފެނުނު މައްސަލާގައި، މަސްތުވާތަކެތި ފެނުނު ޓެކްސީގައި ހުރި ޕެސެންޖަރު ކަރެކްޝަންސްއާއި ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ފުލުހުން އިންޓެލިޖެންސަށް ލިބުނު މަޢުލޫމަތަކާއި ގުޅިގެން 2019 ޑިސެމްބަރު 15 ވަނަ ދުވަހުގެ ރޭ އާސަޙަރާ ކައިރިން ޓެކްސީއެއް ހުއްޓުވައި ބަލާ ފާސްކުރިއިރު، ކުރީ ސީޓްގައި ތިބި ދެމީހުންގެ ދެމެދުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 8 ރަބަރު ޕެކެޓް ފެނިފައިވާކަމަށެވެ.
އަދި މިމައްސަލއާއި ގުޅިގެން ކާރު ޑްރައިވަރު (24 އަހަރު) އަދި ޕެސެންޖަރު (28 އަހަރު) ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވީނަމަވެސް 24 ގަޑިއިރު ދެމީހުން ބަންދުގައި ބެހެއްޓުމަށްފަހު މިއަދު ދޫކޮށްލާފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ، އެތަނުން 28 އަހަރުގެ މީހާކައީ (ޕެސެންޖަރ) ޤާނޫނު ނަންބަރު 2010/2 (މަޢާދު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނޫ) ގެ ދަށުން ޝަރުތުކޮށް ދޫކޮށްލެވިފައިވާއި މީހެއްކަމަށްވާއިރު، ކަރެކްޝަނުން ފާހަގަކޮށްފައިވާ މުއްދަތުގެ ތެރޭގައި ކުށެއްގެ ތުޙުމަތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާތީ، އެމްސީއެސްގެ ސިޓީއަކާއި ގުޅިގެން މިމީހާ މޯލްޑިވްސް ކަރެކްޝަންސް ސަރވިސްއާއި ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ހިޔާލު
ހުރުން، އޮތުން، އިނުން
ދިވެހި ބަހުގައި ބޭނުން ކުރެވެނީ ކިހިނެއް ތޯ؟
ކޮމެންޓް ކުރުން ބަންދު