ހައިކޯޓް - ފޮޓޯ: ވީ ނިއުސް

އީރާނުގެ ޑްރަގް ބޯޓުން ފެނުން މީހުންނަށް ދައުވާ ނުކުރަނީ

އދ. މަންދޫ ކައިރިން އޮޔާ ދަނިކޮށް ހިފެހެއްޓި، އިރާނުގެ ޑްރަގް ބޯޓުގައި ތިބި މީހުންނަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީހުން) ނިންމައިފިއެވެ.

މި ބޯޓުން ހަތް މީހަކު ފެނިފައިވާއިރު، މި މީހުންގެ މައްސަލަ އެންމެ ފުރަތަމަ ފޮނުވާފައިވަނީ ކްރިމިނަލް ކޯޓަށެވެ. އެހެންނަމަވެސް، ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެމީހުން ދޫކޮށްލުމަށެވެ. ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން އެމީހުން ދޫކޮށްލުމުން، ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުން ވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މި މައްސަލައިގެ އިސްތިއުނާފު އަޑު އެހުމެއް، ހައިކޯޓުން މިއަދު ވަނީ ތާވަލު ކޮށްފައެވެ. އެހެންނަމަވެސް، ދައުލަތުގެ ފަރާތުން މި މައްސަލަ އަނބުރާ ގެންދިއުމަށް ނިންމުމުން، ހައިކޯޓުގައި ބާއްވަން ތާވަލު ކުރި މި މައްސަލައިގެ އަޑު އެހުން މިހާރުވަނީ ކެންސަލް ކޮށްފައިވާކަމަށް، ހައިކޯޓުން މިއަދު ވަނީ ބުނެފައެވެ.

މި މައްސަލަ ހައިކޯޓުގައި މިއަދު ތާވަލު ކުރިއިރު، މިއީ އެކޯޓުގެ ޗުއްޓީ ދުވަސްވަރުވެސްމެއެވެ.

މަންދޫ ކައިރިން ފެނުން މި ބޯޓަކީ އިސްމާއިލީ ނަމަކަށް ކިޔާ ބޯޓެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ