ގއ. ކޮލަމާފުށި

ގެއެއްގައި އެކަނި ދިރިއުޅުނު އަންހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ގއ. ކޮލަމާފުށީގެ ގެއެއްގައި އެކަނި ދިރިއުޅެމުން ދިޔަ އަންހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފައިވަނީ ނިޔާވެފައި އޮއްވާ ފެނުނީ 62 އަހަރުގެ ދިވެހި އަންހެނެއްކަމުގައެވެ.

މީގެއިތުރުންވެސް، ފުލުހުން ވިދާޅުވީ މި އަންހެން މީހާ ނިޔާވެފައި އޮއްވާ ފެނުނީ އިއްޔެ ހަވީރު 17:55 ހާއިރު، މި އަންހެން މީހާގެ ޚަބަރެއް ނުވެގެން ގޮސް ބެލުމުންކަމަށެވެ.

ހަމައެހެންމެ، މި އަންހެން މީހާ ދިރިއުޅެމުން ދިޔައީ އެކަނިކަމަށާއި، އަދި މި އަންހެން މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް، ވީނުވީއެއް ނޭނގި ނިޔާވެފައި ތިއްބާ ފެންނަ މީހުންގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Aharen

    Maruge vaguthu ais jehumun furaana gendhavaane..eyee vaanuvaa neygumeh noon

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ