މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮއްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގަލޮޅު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކާއި 40 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މިތިން މީހުންގެ ތެރެއިން ބަންގްލަދޭޝް މީހާ ހައްޔަރުކޮށްފައިވަނީ ރޭ މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ގަލޮޅު ޕޮލިސްގެ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުމާއި ގުޅިގެން" ފުލުހުން ވިދާޅުވިއެވެ.

35 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ބޮޑުރަސްގެފާނު މަގުން ހިނގާފައިދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެން ކަމަށާއި އަދި 40 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ރޭވަގުތެއްގައި ބޮޑުރަސްގެފާނުމަގާއި ސަބްނަމް މަގު ގުޅުނު ކަންމަތިން  އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނުމާ ގުޅިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބޭގޮތުގައި މިމައްސަލަތައް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ