ހިތަދޫ ވަލުތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް ފުލުހުން ހޯދައިފިއެވެ.
މި ސާމާނުތައް ހޯދައިފައިވަނީ ރޭ 3:30 ހާއިރު ހިތަދޫ ޕޮލިސްއިން ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު ހިތަދޫ ވަލުތެރެއިން ތޮނަވަސް ދުވާތީ އެސަރަހައްދު ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވިގޮތުގައި އެސަރަހައްދު ބަލާ ފާސްކުރިއިރު ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކެއް އެސަރަހައްދުގައި ވަނީ ފެނިފައެވެ.

ފުލުހުން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ގޭސްފުޅިއަކާއި ގޭސް އުނދުނަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ގިނަ އާލާތް ތަކެއް ހުއްޓެވެ.
މިހާރު މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤިގުކުރަމުންނެވެ.