ދިވެހިންގެ އުއްމީދީ ޕާޓީ އުފެއްދުމުގެ ހުއްދަ ރަސްމީކޮށްދީފި

”ދިވެހިންގެ އުއްމީދީ ޕާޓީ” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދީފިއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވެފައިވަނީ "ދިވެހިންގެ އުންމީދީ ޕާޓީ" ހަދަން މަސައްކަތް ކުރުމުގެ ހުއްދަ ރަސްމީކޮށް އެކޮމިޝަނުން މިއަދު ދީފައިވަނީ އަލްފާޟިލް މުހައްމަދު ސައީދު, މ، ރީފްސައިޑް، މާލެ އަށެވެ.

މިހާތަނަށް ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް ރަޖިސްޓްރީ ކޮށްފައި ވީނަމަވެސް އިލެކްޝަން ކޮމިޝަނުން ވަނީ ވަކި އަދަދަކަށް މެންބަރުން ހަމަނުވާ ޕާޓީތައް އުވާލައްވާފައެވެ. އިލެކްޝަން ކޮމިޝަންގެ ރަޖިސްޓްރީގައި މިހާރު އޮތީ ނުވަ ސިޔާސީ ޕާޓީއެކެވެ. އެއީ މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއާއި، މިހާރުގެ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާއި، ޕީއެންސީއާއި، އަދާލަތު ޕާޓީއާއި، އެމްޑީއޭއާއި، އެމްޓީޑީގެ އިތުރުން ޑީއާރުޕީއާއި ދާދި ފަހުން އުފެއްދި އެމްއާރުއެމްއެވެ.

ދައުލަތުން އަންނަނީ ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކަށް ފައިސާ ދެމުންނެވެ. އެގޮތުން 10000 މެންބަރުން ހަމަވެފައިވާ ސިޔާސީ ޕާތީތަކަށް ދަޢުލަތުގެ ބަޖެޓުން ފައިސާ ދެއްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ