ޓްރަމްޕް ވެރިކަމުން ބޭލުމަށް ގޮވާލާ އެތައް ބަޔަކު މަގުތަކަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޤާމުން ވަކި ކުރަން ނުވަތަ އިމްޕީޗް ކުރަން ނަގާ ވޯޓަށް ކުޑަތަންވަމުންދާއިރު، އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ ބަޔަކު އެއްވެ، ޚިޔާލު ފާޅު ކުރަމުން އެބަދެއެވެ.

މަޤާމުގެ ނާޖާއިޒު ބޭނުން ހިފުމާއި ކޮންގްރެސްގެ މަސައްކަތްތައް ހުރަސް އެޅި މައްސަލައިގައި ޓްރަމްޕް މަޤާމުން ވަކި ކުރަން، ކޮންގްރެސްގެ ހައުސް އޮފް ރިޕްރަޒެންޓޭޓިވްސް އިން ތައްޔާރުވަމުންދާއިރު، އެއްވެ ޚިޔާލު ފާޅު ކުރި މީހުން ގޮވާލަމުންދަނީ ޓްރަމްޕް މަޤާމުން ބޭލުމަށެވެ.

ރައްޔިތުން އެއްވުންތައް ބާއްވާފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ވެރިކަން ކުރާ ވޮޝިންޓަން ޑީސީ، ވިޔަފާރީގެ މަރުކަޒު ނިއު ޔޯކް ސިޓީ، ސެއިންޓް ޕޯލް، މިނެސޮޓާ، ފީނިކްސް އަދި އެރިޒޮނާވެސް ހިމެނެއެވެ.

435 މެންބަރުން ހިމެނޭ ހައުސް އޮފް ރިޕްރަޒެންޓޭޓިވްސް އިން މިއަދު ޓްރަމްޕް ވަކި ކުރުމަށް ވޯޓު ނަގާއިރު، ވަރަށް ކުޑަކޮށް މެޖޯރިޓީ އެއް ލިބިގެން އޭނާ މަޤާމުން ވަކި ކުރެވޭނެއެވެ.

ޓްރަމްޕް މަޤާމާއި ބާރުގެ ނުފޫޒު ބޭނުންކޮށްގެން، އޭނާގެ ސިޔާސީ ވާދަވެރިޔާ، ޖޯ ބައިޑެންގެ މައްސަލައެއް ތަހުގީގު ކުރުމަށް ޔޫކްރެއިން އަށް ވަނީ ޕްރެޝަރު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ