ޕާކިސްތާނުގައި ވެކްސިން ޓީމަކަށް އަމާޒުކޮށް ހަމަލާ ދީފި

ޕާކިސްތާނުގެ އަވަށެއްގައި ޕޯލިޔޯ ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން ދިޔަ ޓީމަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ދެ މީހަކު މަރާލައިފިއެވެ. މި ހަމަލާގައި މަރުވެފައިވަނީ މި ޓީމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވަމުން ދިޔަ ދެ ފުލުސް އޮފިސަރުންނެވެ.

އެޤައުމުގެ ވެރިރަށް އިސްލާމްއާބާދުގެ ހުޅަނގު އުތުރުގައި އޮންނަ ސަރަޙައްދެއްގައި ހަރަކާތްތެރިވަމުން ދިޔަ މި ޓީމަށް ހަމަލާ ދީފައިވާއިރު، ޕާކިސްތާނަކީ ޕޯލިޔޯގެ ނުރައްކާ އިންތިހާ ދަރަޖައަށް އޮތް މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.

މި އަހަރުގެ މިހާތަނަށް ޕާކިސްތާނުގައި ޕޯލިޔޯގެ 104 މައްސަލަ ހުށަހެޅިފައިވެއެވެ. މިއީ، 2018 ވަނަ އަހަރާ އަޅާބަލާއިރު އެތައް ތަނެއް އިތުރު އަދަދެއްކަމަށްވާއިރު، މީގެ އަށް އަހަރު ކުރިން އެޤައުމުގައި މި ބަލީގެ ނުރައްކާ އޮތީ މިއަށްވުރެ ކުޑަކޮށްވެސްމެއެވެ.

މި ބަލީގެ ނުރައްކާ އިންތިހާ ދަރަޖައަށް އޮތްއިރު، ވެކްސިން ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ދެކޮޅަށް ދޭ ހަމަލާތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މި އަހަރުވެސް ވެކްސިން ދިނުމަށް ހަރަކާތްތެރިވި ހަތް މީހަކު މަރާލާފައިވެއެވެ. 2012 ވަނަ އަހަރުގެ ފަހުން ވެކްސިން ދިނުމަށް ހަރަކާތްތެރިވި 98 މީހަކު އެޤައުމުގައި މަރާލާފައިވެއެވެ.

ޕޯލިޔޯ ނައްތާލުމަށް ފަހަކަށް އައިސް ޕާކިސްތާނު ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.  

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ