45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަޙައްދަކަށް ޔެލޯ އެލާޓް ނެރެފި

45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަޙައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މިރޭ 07:30 ން 22:30 އަށް ރ. އަތޮޅުން ފެށިގެން ވ، އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް، ރާއްޖޭގެ މޫސުމާއިބެހޭ އިދާރާއިން ނެރެފައިވާ މިޔެލޯ އެލާޓްފައި ބުނެފައިވެއެވެ.

މީގެއިތުރުން އެއިދާރާއިން ބުނެފައިވަނީ ވިލާގަނޑުގައި މިސަރަޙައްދުތަކަށް ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާއިރު، އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއަގައި ގަދަ ވާނެކަމަށެވެ، އެންމެހާފަރާތްތަކުން ދަތުރުފަތުރު ކުރައްވާއިރު މޫސުމަށް ސަމާލުވެލެއްވުމަށް، ޚާއްސަކޮށް އުތުރާއި މެދުތެރޭގެ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް މެޓް އޮފީހުން އިއުތިމާސްކުރައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ