ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ - ފޮޓޯ: މިހާރު

ހެންވޭރު ބޮޑު ހުޅުގައި ގެއްލުން ލިބުނު ފަރާތްތަކާއި ރައީސް މައުމޫން ބައްދަލުކުރައްވައިފި

ހެންވޭރު ބޮޑު ހުޅުގައި ގެއްލުން ލިބުނު ފަރާތްތަކާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމަށް ފަހު، ރައީސް މަޢުމޫނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިހާތަނަށް ސަރުކާރުން އެ ފަރާތްތަކަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ބަލައިގަންނަ ކަމަށް އެފަރާތްތަކުން ބުނެފައިވާކަމަށާއި، ނަމަވެސް އަދިވެސް ކަންބޮޑުވާ މުހިންމު ބައެއް ކަންތައްތައް އެބަހުރިކަމަށް އެއާޢިލާތަކުން ފާހަގަކޮށްފައިވާކަމަށެވެ.

2019 ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ އިރާކޮޅު ހެންވޭރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 31 ގޭބީސީގެ މީހުންނަށް ގެއްލުންވެފައިވާއިރު، ހަ އިމާރާތެއް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވެއެވެ. އަދި އެހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު ނިޔާވެފައިވާއިރު، 780 ވުރެ ގިނަ މީހުނަށް ސަރުކާރުން ވަގުތީ ހިޔާ ހޯދައިދޭން ޖެހުނެވެ.

ހ. ތިލަފަރުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބައެއްގެ އިހުމާލެއް ނެތް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ