ހާލުދެރަ 2 ބަލި މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން މާލެ ގެނެސްފި

ހާލުދެރަ އުމުރުން ދުވަސްވީ ދެމީހަކު އެމްއެންޑީއެފް ނޯދަން އޭރިއާ ކޯސްޓްގާޑުން މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ އުމުރުން 63 އަހަރުގެ ފިރެހެނަކާއި އަދި އުމުރުން 87 އަހަރުގެ ފިރެހެނަކު ހާލު ދެރަވެގެން ބ. ގޮއިދޫއިންނާއި އަދި ހަމަ އެއަތޮޅު އޭދަފުށިން މިރޭ 18:20 ހާއިރު މާލެ ގެނެސްދީފައި ވާކަމަށެވެ.

މިގޮތުން މި ދެމީހުން މާލެ ގެނެސްދީފައިވަނީ އެމްއެންޑީއެފް ނޯދަން އޭރިއާ ކޯސްޓްގާޑު ސުކޮޑްރަންގެ ނޫރައްދީން ލޯންޗުގައެވެ.

މި ދެމީހުންގެ ސިއްހީ ހާލަތާއި ގުޅޭ ތަފްސީލެއް ދީފައި ނުވާއިރު، އިތުރު ސިއްހީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ފަރާތަކީ ގައުމީ ދިފާއީބާރު އެމްއެންޑީއެފްކަން ފާހަގަ ކޮށްލެވެއެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ