މަނާ ބޭހާއި މަރުޖުއާނާ ފަތާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އދ. އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ މީހަކު ރާއްޖެ އެތެރެކުރުން މަނާ ބޭސްތަކެއް ގެންގުޅެ ކަމުގެ މަޢުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށައަޅާފައި ވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން އެ ރިސޯޓަށް ގޮސް ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހާ ދިރިއުޅޭ ކޮޓަރި ބަލާ ފާސްކުރި އިރު ރާއްޖެ އެތެރެކުރުން މަނާ ބޭސްތަކަކާއި މަސްތުވުމަށް ބޭނުންކުރާ މަރުޖުއާނާ ފަތްތަކެއް ވަނީ ފެނިފައެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 36 އަހަރު ލަންކާ ރައްޔިތެކެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.



