ރުޅިއައިސްގެން ހުރެ ކަންކަން ނުނިންމާށެވެ.

ރުޅި އަކީ އޭގެ މަށްޗަށް ބާރުގަދަ ނުވެވިއްޖެނަމަ އޭގެ ސަބަބުން މުޅި އުމުރު ހިތާމަ ކުރަން ޖެހިދާނެ ފަދަ ނުރައްކާތެރި ޒަހަރެކެވެ.

ކޮންމެ މީހަކީވެސް ރުޅި އަންނާނެ މީހެކެވެ. ދިރިއުޅުމުގައި ދިމާވާ ތަފާތު ކަންކަމުގެ ސަބަބުންނެވެ. އެއީ އެއްވެސް މީހެއްގެ އިޚްތިޔާރުގައިވާ ކަމެއް ނޫނެވެ. ނަމަވެސް ރުޅި ކޮންޓްރޯލް ކުރުމުގެ އިޚްތިޔާރު ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ.

ރުޅިއައިސް ހުރެގެން ކަންކަން ނިންމުމަކީ އެންމެ ރަނގަޅު ގޮތެއްނޫނެވެ. އެއީ އެކަމުގެ ސަބަބުން ފަހުން ހިތާމަ ކުރަން ޖެހިދާނެތީއެވެ. ރުޅިއައިސްގެން އަންހެނުން ވަރި ކުރުމާއި، އަތް އިސްކުރުމާއި އަދި ނުބުނަން ވައުދުވެފައިވާ ވާހަކަތަށް ބުނެ ބޭޒާރުކުރުމަކީ ޙާއްސަކޮށް ދިވެހިންގެ ތެރޭގައި އާންމު ކަންތައްތަކެވެ. މި ފަދަ ދަށު ދަރަޖައިގެ ކަމެއް ކުރެވުމުގެ ކުރިން ރުޅި ކޮންޓްރޯލް ކުރުން ވަރަށް މުހިންމެވެ.

ރުޅިއައިސްގެން ދިރިއުޅުމުގައި ކުރެވިފައިވާ ކަންކަމާއި ދެރަވެ ހިތާމަ ކުރިޔަސް ވާނެ ފައިދާއެއް ނޯންނާނެއެވެ. ނަމަވެސް އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުކުރެވޭތޯ ބަލައިފިނަމަ ހަމަ ޔަގީނުންވެސް ފައިދާ ވާނެއެވެ.

ރުޅި އައުމުން ރުޅީގެ މަށްޗަށް ގަދަވެ ރުޅި ކޮންޓްރޯލް ކުރުމަކީ ކާމިޔާބީއަށް ހުޅުވޭ ދޮރެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ