މަކުނުދޫގައި އޮތް ހާލުދެރަ ބަލިމީހަކު ހެލިކޮޕްޓަރުގައި މާލެ ގެނެސްފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫގައި އޮތް ހާލުދެރަ ބަލިމީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެންގޮސްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައިވަނީ ހދ. މަކުނުދޫ ޞިއްޙީމަރުކަޒުގައި ފަރުވާދެމުންދިޔަ އުމުރުން 66 އަހަރުގެ އަންހެނެއް ކަމަށެވެ.

އެމްއެންޑީއެފް ނޮދަރން އޭރިއާގެ ސިފައިން ހެލިކޮޕްޓަރު މެދުވެރިކޮށް ހިންގި މި އޮޕަރޭޝަނުގައި މަނުނުދޫއިން އެ ބަލިމީހާ މާލެ ގެނެސްދީފައިވަނީ މިއަދު ހެނދުނު 10:10 ހާއިރުއެވެ.

އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މަކުނުދޫއިން ބަލިމީހަކު މިއަދު މާލެ ގެނެސްދިންއިރު މިމަހުގެ 7 ވަނަ ދުވަހުވެސް އެއް އަހަރުގެ ތުއްތު ކުއްޖަކު ގއ.ވިލިނގިލީ ހޮސްޕިޓަލުން މާލެ ގެނެސްދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ