ޝަހީދު ހުސައިން އާދަމް ބިލްޑިންގ (ފުލުހުންގެ މައި އިދާރާ) ފޮޓޯ: ފެށުން

މަސްތުވާތަކެއްޗާއި އެކު ދެ އަންހެނުންނާއި 11 ފިރިހެނުން ހައްޔަރުކޮށްފި

ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚާއްޞަ އޮޕަރޭޝަނެއްގައި 2 އަންހެނަކާއި 11 ފިރިހެނުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަަސައްކަތުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލެގެ ގެއެއް ބަލައިފާސްކޮށް 13 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި 13 މީހުން ހައްޔަރުކޮށްފައިވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ ޚާއްޞަ މިއޮޕަރޭޝަނުގައެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކާއި 37 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 26 އަހަރުގެ ދެ މީހުންނާއި 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ. މި 09 މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. އަދި މި މައްސަލަ އާއި ގުޅިގެން 36 އަހަރުގެ ބަންގްލަދޭޝް މީހަކާއި 33 އަހަރުގެ ދިވެހި އަންހެނަކާއި 28 އަހަރުގެ ދިވެހި އަންހެނެއް ހައްޔަރުކޮށްފައިވެއެވެ.

މި އޮޕަރޭޝަނުގައި ގަލޮޅުގެ ގެއެއް ކޯޓުއަމުރެއްގެ ދަށުން އެގެ ބަލައިފާސްކޮށްފައިވާއިރު، އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި، މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް