މޯލްޑިވް ގޭހުންވެސް ވިހެއުމުންދޭ ޗުއްޓީ ހަމަހަށް އިތުރުކޮށްފި

މޯލްޑިވްސް ގޭސްގައި މަސައްކަތް ކުރާ އަންހެން މުއައްޒަފުންނަށް ވިހެއުމުންދޭ ޗުއްޓީ ހަމަަހަށް އިތުރުކޮށް، ފިރިމީހާއަށް އެއްމަސް ދުވަހުގެ ޕެޓާނިޓީ ލީވް ދިނުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ގޭސް އިން މި ބަދަލު ގެންނެވީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެންނެވެ.

މޯލްޑިވްސް ގޭސްއިން މި ބަދަލު ގެންނެވިއިރު، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ސިވިލް ސާވިސްގެ އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނުވަތަ މެޓާނިޓީ ލީވް ހަ މަސް ދުވަހަށް، އަދި ބަފައިންނަށް ޕެޓާނިޓީ ލީވް އެއް މަސް ދުވަހަށް މުސާރަ ހިނގާގޮތަށް ހަމަޖެހިގެން ދާނެކަން އިއުލާނުކުރައްވާފައެވެ.

ވިހެއުމާ ގުޅިގެން މުސާރަ ހިނގާގޮތަށް މެޓާނިޓީ ލީވް ހަ މަސް ދުވަހަށް ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ގެނައި މި ބަދަލު ސަރުކާރު ކުންފުނިތަކުންވެސް ގެންނެވުމަށް ރައީސް ޞޯލިޙް ގޮވާލައްވާފައިވާއިރު، އެސްޓީއޯ، އެމްޕީއެލް، އަދި އެއާޕޯޓްސް ކޮމްޕެނީއިންވެސް މިހާރު ވަނީ އެ އުޞޫލަށް ޢަމަލުކުރަން ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ