ރަލުގެ ވިޔަފާރި ކުރުމުން އިންތިހާއަށް ފައިދާވެ މުއްސަނދިވާނެކަމަށް ވިދާޅުވެ، ދިވެހިރާއްޖޭގެ ގެސްޓްހައުސްތަކުގައި ރާ ވިއްކަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހިތްވަރުދެއްވައިފިއެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ރާ ވިއްކަން ހިތްވަރުދެއްވައި ނަޝީދު ވާހަކަފުޅު ދައްކަވާފައިވަނީ، އއ.އަތޮޅުގެ އެމްޑީޕީ މަޖިލިސް ކެންޑިޑޭޓުންގެ ކެމްޕޭން ފައްޓަވައިދެއްވާ މިރޭ ތޮއްޑޫގައި ވާޙަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ، ގެސްޓްހައުސްގެ ވިޔަފާރި ތަރައްޤީވަމުން މިއަންނަނީ އެއްވެސް އިރެއްގައި ދިވެހިން ދުށްގޮތަކަށެއް ނޫން ކަމަށާއި، 2009 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިސްޓް ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް ނަޝީދުގެ ސަރުކާރުން ނިންމިއިރުގައި، އެއީ އެތައް މިލިއަން ރުފިޔާގެ ވިޔަފާރިއަށް ހުޅުވާލެވެނީކަން ރައްޔިތުންގެ ހިތައްވެސް ނާރާނެ ކަމަށެވެ.
މީހުންދިރިއުޅޭ ރަށްތަކުގައި ހިންގާ ގެސްޓްހައުސްތަކުގައި ރާވިއްކުމަށް ނަޝީދު ހިތްވަރު ދެއްވާ ވިދާޅުވީ، ދުނިޔޭގައި އެންމެ ވިކޭ ތަކެތީގެ ތެރޭގައި ރާ ހިމެނޭ ކަމަށާއި، އެތަކެތިން ވިޔަފާރި ކުރުމަކީ އިންތިހާއަށް ފައިދާވެމުއްސަނދިވާނެކަމެއް ކަމަށެވެ.
"އެހެންނަމަވެސް ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ ވިދާޅުވި ވިދާޅުވުން ރާއްޖޭގެ ގެސްޓްހައިސްތަކާ ގުޅުވާލައްވާ ނަޝީދު ވިދާޅުވީ، މިހާރަށްވުރެ މާ ރަނގަޅަށް ގެސްޓްހައުސް ވިޔަފާރި ރާއްޖޭގައި ހިންގޭނެ ކަމަށާއި، ކިރިޔާވެސް ވިސްނާލައިފިނަމަ އެ ހަޤީގަތް އެނގޭނެ ކަމަށެވެ.
"ގެސްޓްހައުސްގެ ވިޔަފާރިއަކީ ދިވެހިރާއްޖޭގައި މާރަނގަޅަށް ހިންގޭނެ ވިޔަފާރިއެއް، އެވިޔަފާރިން ފައިދާ ނެގޭނެކަން އެއީ ކިރިޔާވެސް މި މައްސަލައާ ގުޅޭގޮތުން އަޅުގަނޑުމެން ވިސްނާލައިފިނަމަ އަބަދުވެސް އަޅގަނޑުމެންްނަށް އެނގެން އޮތް ހަޤީގަތެއް." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، މިއަދު އެމްޑީޕީއަށް އެންމެ އުފާވެރިކަން ލިބޭ އެއްސަބަބަކީ ދުނިޔޭގެ ބޭންކުން ގެސްޓްހައުސް ވިޔަފާރީގެ މިސާލެއްގެ ގޮތުގައި މާފުށި ދެއްކުން ކަމަށެވެ.
ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ރަށްތަކުގައި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަކީ ރައީސް ނަޝީދުވެ ވަރަށް ބޮޑު އަމާޒެކެވެ. އަދި މިސާލެއްގެ ގޮތުގައި ނަޝީދު ނެންގެވި މާފުއްޓަކީ އެރަށް ކައިރީގައި ސަފާރީތައް އޮވެގެން އެރަށު ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާ ބުއިމުގެ ފުރުޞަތު ފަހިވެފައިވާ ރަށެކެވެ.
ހިޔާލު
މިހެރަ ބީތާއެވެ ރަލުންނާ އޫރުމަހުންނާ ހަށިވިއްކުމާ ޖުވާ ކުޅެގެން މުއްސަދިވެ ފުދޭނަމަ ބެންކޮކް ލަންކާ އިންޑިޔާ ރަސިޔާ ފަދަ ގައުމުތަކުގެ އަންހެނުން ސޭލް އަޅުވައިގެން 25 ޑޮލަރައް ބަރަހަނާ ހާލުގައި ތިބޭކަށް ނުޖެހޭނެއެވެ އަދި ފޭރުމާ މީހުން މެރުމާ ކިޑުނެޕް ކުރާތަން ނުފެނުނީީހޭޭ ތިބުުނާ ރާފޮދު ހިއްޕަވައިގެން ދުވާލަކު ކިތައް މީހުން މަރާ ތަން ނުފެނޭ ހެއްޔެވެ.
Mi anni akee hama raiylaa jehi dhivehi rayyithunnashai minislam dheemah huri bodu museebaatheh. Hurihaa nubai kameh mi rajjeygai fathuran mi muruthaddhu gola eba ulhey dheenugai manaa kameh bekumeh nethinigthisaadhey eba veedhe ehnu. Saithaanu ma**n v.
މިހާރު ޙަރާމް ހަލާލު ބަލާކަށް ނުޖެހޭ ދޯ؟
ކޮމެންޓް ކުރުން ބަންދު