ތިނަދޫ އަށް އެތެރެ ކުރަން އުޅުނު ބަނގުރާ ފުޅިތަކަކާއި ބިޔަރު ދަޅު ތަކެއް ފަޅު ތެރެއަށް އުކާލައިފިއެވެ.
އެރަށަށް އެތެރެކުރަން އުޅުނު ބަނގުރަލުގެ އަދަދު ސާފުވާގޮތް ވެފައި ނުވީ ނަމަވެސް، އެނގިފައިވާ ގޮތުގައި މިތަކެތި އުކާލާފައިވަނީ އެރަށު ހޮސްޕިޓަލް ކުރިމަތިން ޖެޓީ ސަރަހައްދުން ފަޅުތެރެއަށް މިރޭ 11:15 ހާއިރުއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިތަކެތި އެރަށު ފަޅުތެރެއަށް އުކާލާފައިވަނީ، އެރަށަށް ބަނގުރާ އެތެރެ ކުރަން އުޅެނިކޮށް ފުލުހުންނަށް ފެނުމާއި ގުޅިގެންނެވެ.
ތިނަދޫއަށް ބަނގުރާ ފުޅިތައް އެތެރެކުރަން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަމުގެ އަދި އެ ސަރަހައްދު ބަންދުކޮށްފައިވާކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައެވެ.
މި މައްސަލައިގައި ފުލުހުންގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.