ނަޝީދުގެ ވާޙަކަތަކަށް ފާޑުވިދާޅުވި ޑރ. އިޔާޒަށް އިންޒާރުދީފި

ރަލުގެ ވިޔަފާރިއަށް ހިތްވަރުދީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ފާޑުވިދާޅުވި ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒްއަށް އިންޒާރުދީފިއެވެ.

އިޔާޒަށް އިންޒާރު ދީފައިވާކަން ޓްވިޓަރ މެދުވެރިކޮށް ޑރ،އިޔާޒް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

"މުޙައްމަދު ނަޝީދު ވިދާޅުވި ބަހަކަށް އަޅުގަނޑު ޖަވާބެއް ދިން ކަމަށްޓަކައި ވަރަށް ގިނަ އިންޒާރުތައް އަންނަމުންދޭ." ޑރ.އިޔާޒް ވިދާޅުވިއެވެ.

އިޔާޒް ވިދާޅުވީ، ވަކި ބޭފުޅަކު ވިދާޅުވީތީ، އެއީ ހައްޤު ބަހަކަށް ވާ އުޞޫލެއް ނޮންނާނެ ކަމަށާއި، ކޮންމެ މީހަކު ނަމަވެސް ގޯސްކޮށް އެއްޗެއް ބުނެފިނަމަ ވާނީ ގޯހަކަށް ކަމަށެވެ

ޑރ. އިޔާޒަށް އިންޒާރު ދީފައި މިވަނީ، ރަލުގެ ވިޔަފާރިން އިންތިހާއަށް ފައިދާ ބޮޑުވާނެކަމަށް ވިދާޅުވެ ނަޝީދު ރޭ ތޮއްޑޫގައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި، ނަޝީދު ފަތުރަމުން ގެންދާ ފިކުރުތަކަކީ އިންތިހާއަށް ނުރައްކާތެރި ފިކުރުތަކެއް ކަމަށާއި، އެ ނުރައްކަލުން ސަލާމަތްވުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް މިއަދު ހެނދުނު އިޔާޒް ވިދާޅުވުމާ ގުޅިގެންނެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފަތުރަކީ ނުރައްކާތެރި ފިކުރުތަކެއް ކަމަށްވެސް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެފައިވެއެވެ.

ރަލުގެ ވިޔަފާރިއަށް ހިތްވަރު ދެއްވައި ނަޝީދު ވާހަކަފުޅު ދެއްކެވި ނަމަވެސް އަދުގެ ސަރުކާރުން އެކަންކަމާ ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެއެވެ. އަދި އެކަމާ ކަންބޮޑުވުން ފާޅުކޮށް ވާހަކަފުޅު ދެއްކެވި އިލްމުވެރިންނަށް އިންޒާރު ދެމުންދާއިރުވެސް ކަމާބެހޭ އެއްވެސް ފަރާތަކުން ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Haadhee

    Haggu bas bunun eii mahsala eh nooon

  2. މަނަބޭ

    ދީނީއިލްމުވެރިންނައް ކުރާއަނިޔާ ހުއްޓާލާ

  3. Cheik

    Eyna eulhenee meehaku inzaaru dheegenneh noon. Ehen meehunge samaalukan hoadhan.

    11
    • Vulture

      Thikahala dhuniyevee kamakah gehllifa thibey b***thaa innah koacheh igeynee??‍♂️

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ