ސީރިއާގެ މަންޒަރެއް

ސީރިއާގައި އިތުރު ދިވެހި އަންހެނަކު ނިޔާވެއްޖެ

ސީރިއާގައި އިތުރު ދިވެހި އަންހެނަކު ނިޔާވެއްޖެކަން ކަށަވަރު ކުރެވިއްޖެއެވެ.

މިމަހުގެ 11 ވަނަ ދުވަހު މި އަންހެން މީހާވެސް މަރުވެފައިވަނީ ދިވެހި އަންހެނަކާއި އޭނާގެ ދެ ދަރިން މަރުވި ހަމަލާގައެވެ. އެ ހަމަލާގައި ނިޔާވެފައިވާކަން މިހާތަނަށް ކަށަވަރު ކުރެވިފައިވަނީ ސ. ހިތަދޫ އަންހެނަކާއި ސ. މަރަދޫ އަންހެނަކާއި އޭނާގެ ދަރިންނެވެ.

މަރުވި ދެ އަންހެނުންނަކީވެސް އެމީހުންގެ ފިރިންނާއެކު ސީރިއާ ހަނގުރާމައިގައި ބައިވެރިވުމަށް ގޮސްތިބި ބައެއް ކަމަށާއި، އެދެ މީހުންގެ ފިރިންވެސް ސީރިއާގައި މަރުވެފައިވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ.

ފިރިމީހާ އާއި އެކު ސީރިއާ އަށް ގޮސް އުޅެނިކޮށް ފިރިމީހާ މަރުވެ، ހުވަފަތްވެފައި ތިބި ހައެއްކަ އަންހެނަކު ރާއްޖެ ގެނެސްދިނުމަށް އެދިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ.

އެމްއެންޑީއެފް އިން އޭރު ވިދާޅުވީ، އެމީހުން ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ގިނަ ދަތިތަކެއް އެކަން ކުރުމަށް ދިމާވެފައިވާ ކަމަށެވެ.

ސީރިއާ ހަނގުރާމައަށް މީހުން ފޮނުވަނީ ސިފައިން ކަމަށް ވިދާޅުވެ ނަޝީދު ވަނީ ސިފައިންނަށް ބޮޑު ތުހުމަތެއްވެސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ