ލާމު ލިންކް ރޯޑު ކުރިހިންނަ ސަރަހައްދު އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި އެކްސިޓެންޓު ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޓެންޓު ހިނގާފައިވަނީ ކާރު ގޮސް ސައިކަލުގެ ފަހަތުން ޖެހިގެންކަމަށެވެ. އެކްސިޑެންޓުވީ މިއަދު ހެނދުނު 9:49 ގައި ކަމަށާއި، އަދި ކާރު ދުއްވަން އިނީ 65 އަހަރުގެ ލައިސަންސް އޮންނަ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ވެސް ލައިސަންސް އޮވެއެވެ.
ފުލުހުން ވިދާޅުވީ އެހާދިސާގައި ސައިކަލު ދުއްވަން އިން 45 އަހަރުގެ ފިރިހެން މީހާއަށް އެކި ވަރުގެ އަނިޔާތައްވީނަމަވެސް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށެވެ. އެގޮތުން ލިބުނު އަނިޔާތައް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު އެމީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވާއިރު މިއަހަރުގެ ކުރީކޮޅުވެސް ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެގެން ފަރުވާދީފައިވެއެވެ.