ރާއްޖޭގައި ކުރިން ބާއްވާފައިވާ އެއްވުމެއް - ފޮޓޯ: މަޢުރޫފް ޚަލީލް

ދީނުގައި ލިބިގެންނުވާ ޙައްޤުތަކަށް ގޮވާލުން ހުއްދައެއް ނޫން - ޚުޠުބާ

މާތްވެގެންވާ އިސްލާމްދީނުގައި އިންސާނުންނަށް ލިބިދީފައި ނުވާ ޙައްޤުތަކަށް ވަކާލާތު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް އަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވެފައިވަނީ، އިންސާނާގެ ހިތްހަމަޖެހުމާއި، އުފާފާގަތިކަމާއި، ތަނަވަސްކަން ހޯދުމަށްޓަކައި ދުނިޔޭގައި ލެއްވި އެންމެހާ ތަކެތި ޚިދުމަތްކުރެއްވީ މާތް ﷲ ކަމަށާއި، އިންސާނުން ދުނިޔޭގައި އަރާމާއި، އުފާ ޙާޞިލް ކުރާނެގޮތް ޝަރުޢުކުރައްވާފައިވާ ކަމަށެވެ.

"ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާތެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." މާތް ﷲ ގެ ވަހީބަސްފުޅެއްގެ މާނައިގައިވެއެވެ.

އިސްލާމް ދީނުގެ ތަރަހައިގެ ބޭރުންނާއި، ބުއްދީގެ ހަމަތަކާ ޚިލާފަށް އިންސާނާގެ ނަފްސުގެ ޣަރީޒާތައް ފުއްދުމަކީ އިންސާނުންނަށް ލިބިގެންވާ ޙައްޣެއް ނޫންކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

"އެފަދަ ޙައްޤުތަކެއް ވާކަމަށް ގޮވާލައި، އޭގެ ދިފާޢުގައި ވަކާލާތުކުރުމަކީ އެއްވެސް މުސްލިމަކަށް ހުއްދަވެގެންވާ ކަމެއްނޫން." ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވެފައިވަނީ، އިންސާނުންނަށް ލިބެންޖެހޭ އެންމެހާ ޙައްޤުތައް ލިބިދީފައިވަނީ ބަޔަކު ނުކުމެ ހަޅޭއްލަވައިގެން ނޫން ކަމަށާއި، ބަޔަކު ނުކުމެ އެޙައްޤުތަކަށް އެދިގެންވެސް ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް