ބޮލުން ހަން ފޮޅުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. މިކަމުގެ ސަބަބުން ބޯ ކެހުމާއި ފާރުވުމަކީ ގިނަ ބަޔަކު ކުރިމަތިލާން ޖެހޭ ކަމެކެވެ. ކިތަންމެ ބަލައިގެން ގެންގުޅުނު ކަމުގައި ވީ ނަމަވެސް ހަންފޮޅުމުގެ އުނދަގުލާއި ކުރިމަތި ލާން ޖެހުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ.
ބޮލުން ހަންފޮޅުން ހުއްޓުވުމަށް ބޭނުން ކުރެވިދާނެ ފައިދާހުރި އެތައް އެއްޗެއް އެބްހުއްޓެވެ. އެގޮތުން ބައެއް އެޗެހި ތިރީގައި ފާހަގަ ކޮށްލާންމެވެ.
1-ކާށި ތެޔޮ
ކާށި ތެޔޮ ބޭނުން ކުރުމުން އިސްތަށި ގަނޑު ހިކުނަ ނުދީ އެއްވަރެއްގައި ހިފަހަށްޓައި ދެއެވެ. މިކަމުގެ ސަބަބުން ބޮލުން ހަންފޮޅުން ވަރަށް ބޮޑަށް މަދުކޮށްދެއެވެ.
2- އަލޯވެރާ
އަލޯވެރާ އަކީ ހަންފޮޅުން ދުރުކުރުމަށް ވަރަށް ފައިދާހުރި އެއްޗެކެވެ. އެގޮތުން އަލޯވެރާ ބޭނުންކޮށްގެން ކޮންމެދުވަހަކު ފަސް މިނެޓް ވަންދެން ބޮލުގެ ހަންގަނޑު މަސާޖު ކޮށްލާށެވެ. މާ ގިން ދުވަހެއް ނުވެ ނަތީޖާ ފެންނާނެއެވެ.
3- ޝޭމްޕޫ
ގެންގުޅެވޭ ޝޭމްޕޫ އެއްގެ ސަބަބުން ވެސް ބޮލުން ހަން ފޮޅުމަށް މެދުވެރިވެދާނެއެވެ. އެހެންކްމުން ބޮލުން ހަން ފޮޅޭނަމަ ޝޭމްޕޫ ބަދަލު ކޮށްލާށެވެ. ގުދުރަތީ މާއްދާތައް ގިނަ ޝޭމްޕޫ ބޭނުންކުރާނަމަ ހަންފޮޅުން މަދުކޮށް ދޭނެއެވެ.
4- ބޭކިން ސޮޑާ
ބޮލުން ހަންފޮޅޭނަމަ އިސްތަށިގަނޑު ތެތް ކޮށްލުމަށްފަހު ކުޑަ ބޭކިންސޮޑާ ކޮޅެއްހާކައިލާށެވެ. މިގޮތަށް ދެތިން މިނެޓް ބެހެއްޓުމަށް ފަހު ދޮވެލާށެވެ. ހިތްހަމަޖެހޭފަދަ ނަތީޖާއެއް ހަފްތާއެއް ތެރޭ ފެނިގެން ދާނެއެވެ