މަޖިލީހުގެ ބާރު ނުލިބިއްޖެނަމަ ކޯޓުތައް ސިޔާސީ ވާނެ - ނަޝީދު

ބަޣާވާތް ކުރަން ފަރިތަ ބޭފުޅުން އުޅުއްވާ ކަމަށާއި އެ ބޭފުޅުންނަށް އެކަން ކުރުމުގެ ފުރުސަތު ދީގެން ދީގެން ނުވާނެ ކަމަށް, ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލ. އިސްދޫގައި ވާހަކަ ދައްކަވަމުން މިއަދު ހެނދުނު ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ނުލިބުމުން ރައްޔިތުންނަށް ވައުދުތައް ފުއްދުމަށް ދަތިވާނެ ކަމަށާއި، މީގެ އިތުރުން ސަރުކާރު ވެސް ބަލިކަށިވެގެން ދާނެ ކަމަށެވެ.

މަޖިލީހުގެ އަގުލަބިއްޔަތު ނެތް ނަމަ މިނިވަން މުއައްސަަސާތަކުން ސަރުކާރަށް ކުރާ އިތުބާރު ކުޑަ ވެގެންދާ ކަމަށާއި އެއާއެކު ފަނޑިޔާރު ގެތަކުން ސަރުކާރާ މެދު ދެކޭ ގޮތް ބަދަލުވެ އެތަންތަނުން އިއްވާ ހުކުމްތަކުގައި ސިޔާސީ ކުލަވަރު ޖެހޭ ކަމަށް ރައީސް ނަަޝީދު ވިދާޅުވިއެވެ.

"މަޖިލީހުގެ އަގުލަބިއްޔަތު ނުލިބުމުން ފަނޑިޔާރު ގެތަކުން ސަރުކާރާ ދޭތެރޭ ދެކޭ ގޮތް ބަދަލުވަނީ، ބަދަލުވެގެން ދިޔައިމަ ފަނޑިޔާރު ގެތަކުން އިއްވާ ހުކުމްތައް އެއީ ސިޔާސީ ކުލަވަރު ޖެހި އޮންނަ ހުކުމްތަކަކަށް ބަދަލުވެގެން ދަނީ. މުސްތަގިއްލު މުއައްސަސާތަކާއި ފަނޑިޔާރު ގެތަކުގެ އިތުބާރު ސަރުކާރަށް ނުލިބުނީމަ އިސާހިތަކު ފުލުހުންނާއި ސިފައިންގެ އިތުބާރު ސަރުކާރަށް ގެއްލި ދޭ، މަޖިލީހުގެ އަގުލަބިއްޔަތަކީ ތިބޭފުޅުންގެ އަގުލަބިއްޔަތު. އެ ނެތުނީމަ ފަނޑިޔާރު ގެތަކާއި ސަލާމަތީ ބާރުތަކުގެ އިތުބާރު ސަރުކާރަށް ގެއްލިދޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަޣާވާތަށް ފަރިތަ ބޭފުޅުން މި ގައުމުގައި އުޅުއްވާ ކަމަށާއި އެހެންކަމުން ރިޝްވަތުގެ ހުތުރު ފައިސާއާއެކު ސަރުކާރު ހިފަހައްޓަން ދަތިވާނެ ކަމަށެވެ. އަދި އެ މަންޒަރު ކުރިން ތަޖުރިބާކޮށްފައިވާ ކަމަށާއި ނަމަވެސް ދެ ފަހަރަށް އެކަން ވިޔަ ދީގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އަޤްލަބިއްޔަތު އެމްޑީޕީއަށް ނުލިބިއްޖެނަމަ، ކޯޓުތަކުގެ އިތުރުން މިނިވަން މުއައްސަސާތަކަށްވެސް އޮތް އިތުބާރު ގެއްލިގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް