ވައިކަރަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ހުސައިން ޘަޤީފްއަކީ ރައްޔިތުންގެ މަޖްލީހުގައި އިސްލާމްދީން ދިފާއުކުރައްވާ ވަކާލާތު ކުރައްވާނެ ކެނޑިޑޭޓެއް ކަމުގައި ވިދާޅުވެ ޝައިޚް އިލްޔާސް ޖަމާލްގެ ތާއީދު ޘަޤީފްއަށް އޮތްކަން ހާމަކުރައްވައިފިއެވެ.
ޘަޤީފްއަށް ތާއީދު ކުރައްވާ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޅް އިލްޔާސް ޖަމާލް ވިދާޅުވީ ޘަޤީފްއަކީ ރައްޔިތުންގެ މަޖްލީހުގައި އިސްލާމްދީން ދިފާއުކުރައްވާ ދީނާއި ފުށުނާރާގޮތަށް ޤަނޫނުތައް ހެދުމަށް ވަކާލާތުކުރައްވާނެ ކެނޑިޑޭޓެއް ކަމުގެ މައްޗަށް ހެކިވާ ކަމަށެވެ. އަދި މިފަދައިން ހެކިވަނީ ޘަޤީފްއަކީ ކޮން ބޭފުޅެއްކަން ރަނގަޅަށް އެނގިހުރެކަމަށް ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވެފައިވެއެވެ.
ޝައިޚް އިލްޔާސް ޖަމާލްވަނީ ޘަޤީފްއަށް ކާމިޔާބު މިންވަރުކުރެއްވުމަށް އެދި ދުޢާކުރައްވާފައެވެ.
Sageef aki kon beyfulheh kan alhugandah engihure, Eee; Majileehugai dheen dhifaaukoh dheenaa fushunaaraa gothah gaanoonuthah hedhumah vakaalaathu kuravvaane candidate eh kamuge mahchah mialhaa hekivan.
— ILYAS JAMAAL VAADHUVEE (@IVaadhuvee) April 3, 2019
ولا أزكي على الله أحدا
Sageef ah Allah kaamiyaabu minvaru kuravvaashi! Aameen https://t.co/X7QIf5DslB
ހދ އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ޘަގީފް ރައްޔިތުންގެ މަޖްލީހަށް ކުރިމަތިލަނީ އަތޮޅާއި ދާއިރާގެ ތަރައްގީގެ އެކި މަޝްރޫއުތައް ސަރުކާރާ ގުޅިގެން ކުރިއަށް ގެންދެވުމަށެވެ. ޘަޤީފްއަކީ ތިލަދުންމަތީގެ ރައްޔިތުންނާއި، ޚާއްސަގޮތެއްގައި، ވައިކަރަދޫ ދާއިރާގެ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ޘަގީފްގެ އަމާޒަކީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ކޮށްދިނުމުގެ ވަރުގަދަ އަދި ސާބިތު އަޒުމުގެ މަތީގައި ހުންނެވުމެވެ. އަދި މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރެވޭނެކަމަށް އޭނާ ގަބޫލުކުރައްވައެވެ.