ޕްރޮގްރެސިވް ކޯލިޝަން އަދި ވެރިކަމަށް އަންނާނެ - ސިއްދީޤް

ޕްރޮގްރެސިކް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޯލިޝަނުން އަދި ދިވެހިރާއްޖޭގެ ވެރިކަމަށް އަންނާނެ ކަމަށް ހޯމް މިނިސްޓަރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ސިއްދީޤް ވިދާޅުވެއްޖެއެވެ.

ސިއްދީޤް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރިމަލާން ޖެހުނު ބޮޑު ނާކާމިޔާބީއާ އެކުގައި ޕްރޮގްރެސިވް ކޯލިޝަނުގެ އަޑު މަޑުވެފައިވާ މިދަނޑިވަޅުގައި އެކަމަށް ފާޑުކިޔައި، "މިހާރު" އިން ޝާއިއު ކޮށްފައިވާ ރިޕޯޓަކަށް ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.

ސިއްދީޤް ވިދާޅުވީ، ޕީޕީއެމް އާއި ޕީއެންސީވެސް ފެންނާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ ޕްރޮގްރެސިވް ކޯލިޝަނުން ވެރިކަމަށްވެސް އަންނާނެ ކަމަށެވެ.

"ޤައުމު ފަސާދަކުރި މީހުންނަށް އިސްލާހްވުމަށް ފުރުޞަތު ދޭނެ، އިސްލާހް ނުވާ ފާސިދުންނަށް ފުރުޞަތު ނުދޭނެ." ސިއްދީޤްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އިތުރަށް ސިއްދީޤް ވިދާޅުވީ، ނޫސްވެރިންގެ ނަމުގައި ފަސާދަކުރުންވެސް އަދި ނިމޭނެ ކަމަށެވެ.

ތުލުސްދޫ ދާއިރާގެ މަޖިލިސް އިންތިޚާބުގައި ސިއްދީޤަށް ލިބިވަޑައިގެންފައިވަނީ 12 އިންސައްތަ (370 ވޯޓް) ވޯޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ