ލ.އަތޮޅު ގާދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު އުމުރުން 19 އަހަރުގެ ލ. މާމެންދޫ ޝިމާ ނާފިޒްގެ ތަޙްޤީޤާ ގުޅޭ މަޢުލޫމާތު ހާމަކުރަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނިންމައިފިއެވެ.
ފުލުހުން ވިދާޅުވީ، ސިމާ ހޯދުމަށް ފުލުހުން ކޮށްފައިވާ މަސައްކަތްތަކާއި، އެ މައްސަލަ ތަޙުޤީޤު ކުރުމަށް ފުލުހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު މިއަދު ހާމަކުރައްވާނެ ކަމަށެވެ.
އެ ހާދިސާގެ މަޢުލޫމާތު ފުލުހުން ހާމަކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު މެންދުރުފަހު 02:30 ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްކަންދަރު ކޮށީގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ހާދިސާއާ ގުޅޭ މަޢުލޫމާތު ހިއްޞާކުރުމަށް ހަމަޖެހިފައިވަނީ ހެޑް އޮފް ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޒް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ސިމާ ހޯދުމަށްޓަކައި ކަނޑުމަގުންނާއި ވައިގެ މަގުން އަދި ފީނައިގެންނާއި، ރޮބަޓް ބޭނުންކޮށްގެން އެ ސަރަހައްދު ވަނީ ބަލާފައެވެ. އަދި އެ ސަރަހައްދުގެ ފަޅު ރަށްތައްވެސް ސިމާ ހޯދުމަށް ބަލާފައިވާއިރު ސިމާގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ.




