ށ.ފީވަކު ބްލޫހެވަން އަޙްމަދު މަނިކަށް ފެނުނު 82 ކިލޯގެ މވަހަރުކަމަށް ބެލެވޭ އެތި - ފޮޓޯ: މީސްމީޑިއާ

ފީވަކުން ހޮވީ މާވަހަރެއް ކަމާ ދޭތެރޭ ޝައްކު އުފެދިއްޖެ

އެކަނިމާއެކަނި މަހަށް ގޮސް އުޅެނިކޮށް، ށ. ފީވަކު މީހަކު ހޮވި އެއްޗަކީ މާވަހަރެއް ކަމާ މެދު ޝައްކު އުފެދިފައިވާ ކަމަށް މާވަހަރު ހޮވި މީހާ މިއަދު ބުނެފިއެވެ.

ޑިންގީއެއްގައި މަހަށް ގޮސް އުޅެނިކޮށް، މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ފީވަކު ބްލޫހެވަން އަޙްމަދު މަނިކަށް ފެނުނު 82 ކިލޯގެ އެއްޗަކީ ބޮޑު ހުދަންބަރެއް ކަމަށް ބައެއް މީހުން ބުނާއިރު، އެއީ މާވަހަރެއް ކަމާމެދު އަޙްމަދު މަނިކުވެސް މިހާރު ސުވާލު އުފައްދައެވެ.

އޭގެ އެތިކޮޅެއް ޓެސްޓް ކުރުމަށް ދުބާއީ އަށް ފޮނުވާފައިވާއިރު، މަނިކު ވަނީ އެހެން މީހުންނަށްވެސް އޭގެ އެތިކޮޅުތަކެއް ދީފައެވެ. މަނިކު ދިވެހި މީޑިއާއަށް ބުނެފައިވަނީ، އޭނާގެ ރައްޓެއްސެއް މެދުވެރިކޮށް މާވަހަރުގެ އެތިކޮޅެއް ޓެސްޓް ކުރަން ދުބާއީ އަށް ފޮނުވި ނަމަވެސް، މިހާތަނަށްވެސް ޓެސްޓްގެ ނަތީޖާ ލިބިފައި ނުވާ ކަމަށެވެ.

މަނިކު ބުނެފައިވަނީ، އެއީ މާވަހަރަކަށް ވާނެ ކަމުގެ އުންމީދު ވެސް ކުޑަވެފައިވާތީ އަދި ނަތީޖާ ނުލިބި ލަސްވުމުގެ ސަބަބުން ހޮވި އެއްޗާއިގެން މިހާރު މާ ބޮޑަކަށް ނޫޅޭ ކަމަށެވެ.

މަނިކު ކުރިން ބުނެފައިވަނީ ފީވަކާއި ށ. ނަލަންދު އާ ދެމެދު ކަނޑުއޮޅިން ފެންމަތީގައި އޮއްވައި ފެނުނު އެތި ޓެސްޓް ކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ވެސް އެއީ ހުދަންބަރެއް ކަމަށް ބުނި ކަމަށާއި، ނަމަވެސް ނަތީޖާ ނުލިބި ލަސްވަނީ ކީތްވެކަން ނޭނގޭ ކަމަށެވެ.

މަނިކު ބުނި ގޮތުގައި މާވަހަރު އަދިވެސް އޮތީ ގޭގެ ކޮޓަރީ ތެރޭގައި ރައްކާތެރިކަމާ އެކުގައި 200 ލީޓަރުގެ ފީފާ ބުރިއަކަށްލައިފައި ކަމަށެވެ.

އަޙްމަދު މަނިކު އެކަނިމައިއެކަނި ހޮވި މާވަހަރު މިހާރުގެ އަގުގައި ވިއްކާ ލެވިއްޖެ ނަމަ 50 މިލިއަަން ރުފިޔާ ލިބިދާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ