"ނަޝީދަކީ ޤަރުނުގެ މުޙައްމަދު ތަކުރުފާނު"

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަކީ 21 ވަނަ ޤަރުނުގެ މުޙައްމަދު ތަކުރުފާނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި، ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު މުޞްޠަފާ ވިދާޅުވެއްޖެއްޖެއެވެ.

މުޞްޠަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ރުހުނަސް ނުރުހުނަސް ހަޤީޤަތުގެ ކުރިމަތީގައި އިންކާރު ނުކުރެވޭނެ" ކަމަށެވެ.

"ރައީސް ނަޝީދަކީ 21 ވަނަ ޤަރުނުގެ މުޙައްމަދު ތަކުރުފާނު" ރަލާއި އޫރުމަސް ނުވިއްކާ ގެސްޓްހައުސް ހިންގޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ވިދާޅުވުމުގެ ޚަބަރެއްގެ ސްކްރީން ޝޮޓަކާއެކު މުޞްޠަފާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މުޞްޠަފާ މިހެން ވިދާޅުވިއިރު، ރައީސް ނަޝީދު އިސްވެ ހުންނަވާ "އެޖެންޑާ 19" ގެ ނަމުގައި ހިންގެވި ވަރުގަދަ ކެމްޕޭނަށްފަހު މަޖިލިސް އިންތިޚާބު އެމްޑީޕީން ވަނީ ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދަވާފައެވެ.

މުޞްޠަފާ މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް ނުނިމޭ ކަމަށާއި، އަދި އެނބުރި އަންނާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ