ޑިންގީ ބަންޑުން ޖަހާލައި ގެއްލުނު ސިމާ

ޝިމާ މެސެންޖާއިން ކޮށްފައިވާ މުއާމަލާތްތައް ހޯދަން ފުލުހުން ފޭސްބުކްގައި އެދެފި

ލ.އަތޮޅު ގާދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު އުމުރުން 19 އަހަރުގެ ލ. މާމެންދޫ ޝިމާ ނާފިޒް ހޯދުމުގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ފޯނުގެ މެސެންޖާއިން ކޮށްފައިވާ މުއާމަލާތްތައް ހޯދުމަށް ފޭސްބުކްގައި އެދިފައިވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ ޝިމާ ހޯދުމުގެ މަސައްކަތަކާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"ފޭސްބުކްގެ މެސެންޖާއިން ވަރަށް ކުރުކޮށް ފެންނަ މެސެޖެއް އެ މެސެޖަކީ. ވަރަށް ކުޑަކުޑަ އިންޓަޕްރޭޝަންއެއް ފެންނަން މި އޮތީ. އެހެންވީމާ އެ މައުލޫމާތު އެއްކޮށް ނޭނގިއެއް ނުދެންނެވޭނެ ވަކި އެއްޗެއް. މިހާރު ވާނީ ފޭސްބުކަށްވެސް އެދިފައި. ޝިމާގެ ވަރަށް ބައިވަރު މުއާމަލާތްތަކެއް ކުރެވިފައި މިހުރީ ފޭސްބުކް މެސެންޖާ މެދުވެރިކޮށް، އެހެންވެ އެ ޗެޓު ލޮގުތައްވެސް ހޯދުމަށް ފޭސްބުކަށްވެސް ވާނީ އެދިފައި،" ޝިމާގެ ތަހުގީގާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް މިއަދު ވިދާޅުވިއެވެ.

ސިމާ ގްރޫޕަކަށް ކޮށްފައިވާ މެސެޖެއްގެ ސްކްރީން ޝޮޓެއް - ފޮޓޯ: މީސްމީޑިއާ

ޝިމާ ގެއްލުނީ އޭނާގެ އެކުވެރިއެއް ކަމަށްވާ އިބްރާހިމް ފަޒީލާއެކު ޑިންގީއެއްގައި ދަތުރުކުރަމުން ދަނިކޮށް ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ އިރާކޮޅުއެވެ.

ލ.ފޮނަދޫން ޝިމާއާއި ފަޒީލް ފުރިކަމަށް ފުލުހުން ބުނެފައި ވަނީ ހަވީރު 6:03 ކަމަށެވެ. ޝިމާ ފޯނުގެ މެސެންޖާއިން ކޮށްފައިވާ މެސެޖެއްގެ ސްކްރީން ޝޮޓެއް މީގެ ކުރިން ވަނީ ލީކް ވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ