އިންސާނުންނެކޭ އެއްފަދައިން ބައެއް ޖަނަވާރު ތަކަކީވެސް އެއްޗެހީގެ ކިބައިގައި ތަފާތު ހުނަރުތައް ހުންނަ ޖަނަވާރު ތަކެކެވެ. މިގޮތުން އިންސާނުންގެ އެހީތެރި ކަމާއިއެކު މިހުނަރުތައް ތަރައްގީ ވަމުންވެސް ދެއެވެ.
މިފަހުން މީސްމީޑިއާގައި މަގުބޫލުވެގެން ދިޔަ އެކައްޗަކީ ގޮރެއްލާތަކަކާއެކު އެތަކެތީގެ ބެލެހެއްޓުން ތެރިޔާ ނަގާފައިވާ ސެލްފީއެކެވެ. ފޭސްބުކްގައި ޕޯސްޓް ކޮށްފައިވާ މި ފޮޓޯގައި ފެންނަ ދެ ގޮރެއްލާ ހުންނަނީ އިންސާނުންނެކޭ އެއްފަދައިން ދެފައި މައްޗަށް ތެދުވެއެވެ.
ކޮންގޯގެ ނޭޝަނަލް ޕާކުގައި ނަގާފައިވާ ފޮޓޯތައް ފޭސްބުކުގައި މިހާރުވަނީ 20،000 ގިނަ ފަހަރު ޝެއަރ ކޮށްފައެވެ. ފޮޓޯގައި ފެންނަ ދެގޮރެއްލާއަކީ އަންހެން ދެ ގޮރެއްލާއެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި މިސަރަހައްދުގައި 1000 ވުރެ ގިނަ ގޮރެއްލާ ދިރިއުޅެއެވެ.