އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ގޭގައި މަޑުކުރައްވަން އެންގެވި ފެންކުންފުނީގެ ޗެއާމަން އަޙްމަދު މައުސޫމް އަދި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރު ޢަބްދުﷲ އާޒިމްގެ ސަސްޕެންޝަން އުވާލުމާއެކު ވަޒީފާ އަށް ނިކުންނަވަން ފައްޓަވައިފިއެވެ.
މައުސޫމް ގޭގައި މަޑުކުރައްވަން އެންގެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އަށް ލައްކަ ޑޮލަރު އޭނާ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ސީޖީޓީ ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓަށް ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެފައިވާތީއެވެ.
އާޒިމް ސަސްޕެންޑު ކުރީ، އޭނާގެ އެކައުންޓަށް އެސްއޯއެފގެ އެކައުންޓުން ފައިސާ ޖަމާކޮށްފައިވާކަމަށް ތަހުގީގު ރިޕޯޓުގައި ބުނެފައިވާތީ އެ މައްސަލަ ބެލުމަށެވެ.
އެމްއެމްޕީއާރުސީ ރިޕޯޓާ ގުޅިގެން ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް އަހުމަދު މަހުލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން އެންގެވުމަށް ފަހު މިިދިޔަ ހަފްތާ އެ ދެބޭފުޅުންގެ ސަސްޕެންޝަންވެސް ވަނީ އުވާލާފައެވެ.
ކޮރަޕްޝަނުގެ އަމަލުތަކަށް ޒީރޯ ޓޮލަރެންސް ދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙްގެ އަމާޒެވެ.