އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގެ އެއާކޮންޑިޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވޭވަރުވާނީ އަންނަ މަހުގެ ކުރީކޮޅު ކަމަށް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މުހައްމަދު މުފީދު ދިވެހި މީޑިއާއަށް ވިދާޅުވެފައިވަނީ، އެއާކޮންޑިޝަންތައް ހަލާކުވެފައިވަނީ އެ ހޮސްޕިޓަލްގެ ސެންޓްރަލް އެއާކޮންޑިޝަނިން ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކަމަށާއި، އެ މައްސަލަ އަންނަ މެއި މަހުގެ ކުރީކޮޅު ހައްލު ކުރެވޭނެ ކަމަށެވެ.
"އަންނަ މަހުގެ ފުރަތަމަ ދެ ހަފްތާތެރޭ ރަނގަޅުވާނެ. މިހާރު ވާނީ ކޫލިން ޓަވަރުތަކަށް ބޭރުން އޯޑަރުކޮށްފައި،" އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލްގެ އެމަޖެންސީ ބައިގެ އޭސީ ހަލާކުވެ ގިނަ ދުވަސްވެފައިވާތީ އެކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ އެފަދަ މުހިންމު ތަނެއްގެ އޭސީގެ މައްސަލަ ހައްލުކުުރުމަށް ދިގު މުއްދަތެއް ނެގުމަކީ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށެވެ.