އައިމިނަތު ނާދިރާ - ފޮޓޯ: ސަން

ބޮޑެތި މަރުތަކުގެ ޝަރީއަތް ކުރަން އެދެނީ އާއްމުންނަށް ހުޅުވާލައިގެން - ނާދިރާ

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢަލީއާއި ބްލޮގަރު ޔާމީން ރަޝީދުގެ އިތުރުން ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ޝަރީއަތްތަށް ކުރަން އެދިވަޑައިގަންނަވަނީ އާއްމުންނަށް ހުޅުވާލައިގެން ކަމަށް ގަލޮޅު ދެކުނު ދާއިރާއަށް މަޢުމޫންގެ ތާއީދާއެކު ވާދަކުރި އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ޝަރީއަތްތައް ކުރަން އެދެނީ އާއްމުންނަށް ހުޅުވާލައިގެން ކަމަށް ނާދިރާ ވިދާޅުވީ، އެ މަރުތަކުގެ ހަޤީގަތާއި، މަރުތަކުގެ ފަހަތުގައި ތިބި މީހުން ދެނެގަނެވިއްޖެ ކަމަށް، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވި ޚަބަރު ޓްވިޓަރގައި ރިޓްވީޓް ކުރައްވަމުންނެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ހުސްނުއްސުއޫދު ވިދާޅުވީ، އެ ތިން ހާދިސާ ހިންގި ސަބަބު ރިޔާސީ ކޮމިޝަނަށް ދެނެގަނެވިފައިވާ ކަމަށާއި، އެއީ މިހާތަނަށް ފުލުހުންނަށް ވެސް ހޯދިފައި ނެތް ކަމެއް ކަމަށެވެ. އަދި އެ މަރުގެ ފަހަތުގައި ތިބި މީހުން ހޯދުމަށާއި އޭގެ ސަބަބު ދެނެގަތުމަށް ސަރުކާރުން މިހާތަނަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ބޮޑެތި މަރުތަކުގެ ޝަރީއަތްތައް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން އެދޭކަމަށް ނާދިރާ ވިދާޅުވިއިރު، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރަންޖެހޭ ކަމަށްވެސ ހުސްނުއްސުއޫދު ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ ކޯޓުތަކަށް ބޭރުގެ ފަނޑިޔާރުން ގެންނަން އުޅުއްވާކަމުގެ އަޑުތައްވެސް ކުޑަ ދުވަސްކޮޅެއް ކުރިން ފެތުރުނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް