އަމާޔާ ރިސޯޓުގައި ލަންކާ މީހަކު ދަންޖެހިގެން މަރުވެއްޖެ

އދ. އަތޮޅުގައި ހިނގާ އަމާޔާ ރިސޯޓުގައި މަސައްކަތްކުރާ ސްރީ ލަންކާ މީހަކު ދަންޖެހިގެން މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަކީ އެ ރިސޯޓުގެ ޕެސްޓް ކޮންޓްރޯލްގައި މަސައްކަތް ކުރާ މުއައްޒަފެކެވެ. އަދި ދަންޖެހިފައި ހުރީ ރިސޯޓުގައި އޭނާ މަސައްކަތް ކުރާ ޕެސްޓް ކޮންޓްރޯލް ރޫމުގެ ތެރޭގައެވެ.

މިމީހާ ދަންޖެހިފައިވާތަން ފެނިފައިވަނީ މިރޭ ގާތްގަނޑަކަށް 7:30 ހާއިރު އޭނާ އާއި އެކު މަސައްކަތް ކުރާ މުއައްޒަފަކަށެވެ.

ފުލުހުންދަނީ މިމައްސަލަ މިހާރު ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ