ޖަޕާނުގެ މަނަވަރެއް ރާއްޖެ އަތުވެއްޖެ

ޖަޕާނު ސިފައިންގެ މަނަވަރެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މިއަދު ރާއްޖެއަށް އައިސްފައިވަނީ ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސްގެ މަނަވަރެއް ކަމަށްވާ " ޖޭ.އެސް ސެމިޑަޔަރ" އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، " ޖޭ.އެސް ސެމިޑަޔަރ" ގެ މިދަތުރަކީ ދެ ޤައުމުގައި އޮތް ރަހުމަތްތެރިކަމުގެ ދަތުރެއްކަމަށާއި، ޖަޕާނުގެ މި މަނަވަރު ރާއްޖޭގައި 2 ދުވަސް ހޭދަ ކުރާނެކަމަށެވެ.

ޖަޕާނުގެ މަނަވަރެއް މިއަދު ރާއްޖެ އައިސްފައިވާއިރު، މީގެކުރިންވެސް، އެހެން ޤައުމުތަކާ ގުޅިގެން ރާއްޖޭގެ ސަރަޙައްދުގެ ބެލުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި، ރަހްމަތްތެރިކަމުގެ ދަތުރުތަކުގައި ދޭތެރެ ދޭތެރެއިން ބޭރު ޤައުމުތަކުގެ އަސްކަރީ މަނަވަރުތައް ރާއްޖެ އާދެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް