މަކުނުދޫ ދާއިރާގެ މިހާރުގެ މެންބަރު އަނާރާ ނަޢީމު މެންބަރުކަމުގައި ހޭދަކުރި 5 އަހަރުގައި ލިބުނު މުސާރަ ހޭދަކުރައްވާފައިވަނީ ދާއިރާގެ ރައްޔިތުންނަށްކަމަށް ބުނެ ޓްވީޓް ކުރައްވައިފިއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ކޮންމެ މީހަކަށް، ދޭން ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ އިނާޔަތްތައް އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވާފައި ވަނިކޮށް މިރޭ އަނާރާ ކުރެއްވި ޓްވީޓްގައި މިއިނާޔާތް ބޭނުންފުޅު ނުވާކަމަށްވަނީ ބުނެފައެވެ. އަނާރާގެ މިޓްވީޓުއާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމަށް ތައުރީފު ކުރަމުންނެވެ.
ނިމިދިޔަ މަޖިލީސް އިންތަޚާބުގައި ވާދަކުރައްވައި އަނާރާވަނީ ނާކާމިޔާބުވެފައެވެ. މަކުނުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާއީއެވެ.



