ޕިކް ޕޯސްޓް ޚިދުމަތްދޭ ސްޓޭޝަނެއް - ފޮޓޯ: ޓްވިޓާ

އޭދަފުށި ޕޯސްޓް އޮފީސް ފަޅާލައި 1500 ރުފިޔާ ވަގަށް ނަގައިފި

ބ.އޭދަފުށީ ޕޯސްޓް އޮފީސް ބަޔަކު ރޭ ފަޅާލައި އެތަނުން 1،500 ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ބ.އޭދަފުށީގައި ހުންނަ މި ޕޯސްޓް އޮފީސް ފަޅާލާފައިވަނީ ރޭ 8:30 އެހާކަށްހާއިރުއެވެ. އަދި ވަގުން އެއޮފީހަށް ވަދެފައިވަނީ އެއޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިގެން ކަމަށް ފުލުހުން ބުނާއިރު 1500 ރުފިޔާ ފިޔަވާ އިތުރު އެއްވެސް އެއްޗެއް އެތަނުން ގެންގޮސްފައިނުވާކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ.

އަދި މިމައްސަލަ ތަޙުޤީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ. މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ