ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް މިއަދު ހާޒިރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި ގާނޫނީ ވަކީލް، މޫސާ ސިރާޖްއަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ސިރާޖް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓަށް ދުވާލަކު ދެ ފަހަރަށް ހާޒިރުކުރިއަސް، ފަނޑިޔާރުގެ އިސްލާހުކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށްގެން ކަމަށް ގެންގުޅުއްވާ ވިސްނުން ބަދަލެއް ނުކުރައްވާނެ ކަމަށެވެ. އަދި އިންސާފުވެރި ފަނޑިޔާރު ގެއެއް ބިނާކުރަން ކުރާ މަސައްކަތް ވެސް ހުއްޓައެއް ނުލައްވާނެ ކަމަށްވެސް ސިރާޖް ވިދާޅުވި އެވެ.
މިއަދު މެންދުރު ފަހު ތިނެއް ޖަހާއިރަށް ސިރާޖް (ޑީޖޭއޭ) އަށް ހާޒިރުވާން ސުޕްރީމް ކޯޓުން އަންގައިފައި ޗިޓުގައި، ހާޒިރުކުރާ ސަބަބެއް ތަފްސީލްކޮށްދީފައެއްނުވެއެވެ.
އިންސާފު ގާއިމްކުރެވެން އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށްގެން ކަމަށް ވިދާޅުވެ ރާއްޖެ ޓީވީގައި ދެއްކެވި ވާހަކައިގެ މައްސަލައިގައި،ތަސުޕްރީމް ކޯޓުން އަންގައިގެން ޑީޖޭއޭ އިން ބަލާ މައްސަލައަކަށް އިއްޔެ ވަނީ، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުވެސް ހާޒިރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ބުނެފައި ވަނީ ސުއޫދު ހާޒިރުކުރީ ރާއްޖެ ޓީވީގައި ޝަރުއީ ދާއިރާއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން، ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ގާނޫނީ ވަކީލުންގެ ގަވާއިދުގެ ދަށުން އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާތީ ކަމަށެވެ.
ހިޔާލު
މީނަ ލާންވީ ޖަލައް
ކޮމެންޓް ކުރުން ބަންދު