ސްރީ ލަންކާއަށް ދެވުނު ނިރުބަވެރި ހަމަލާގައި މަރުވި މީހުންގެ އަދަދަކީ 253 ކަމަށް އެގައުމުން ބުނެފި

މިދިޔަ އާދިއްތަ ދުވަހު ސްރީ ލަންކާގެ އެކި ހިސާބުތަކަށް ދެވުނު ނިރުބަވެރި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދަކީ 253 ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީއިން މިއަދު ބުނެފިއެވެ.

މީގެކުރިން ސްރީ ލަންކާގެ ސަރުކާރުން ބުނެފައިވަނީ ނިރުބަވެރި ހަމަލާތަކުގައި މިހާތަނަށް މަރުވެފައިވަނީ 359 މީހުން ކަމަށެވެ. މިއަދު މިއަދަދު ދަށްކޮއްފައިވަނީ ކުރިން ބުނެވުނު އަދަދަކީ ހިސާބު ހެދުމުގައި އެރި އޮޅުމެއް ކަމަށް ބުނެއެވެ.

އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި ގިނައިން މަރުވެފައިވަނީ ސްރީ ލަންކާގެ ރައްޔިތުންނެވެ. ބެލެވޭ ގޮތުގައި ހަމަލާތައް ދިނުމުގައި އަމަލީ ގޮތުން ނުވަމީހުން ބައިވެރި ވެފައި ވެއެވެ.

ސްރީ ލަންކާގެ ފައްޅިތަކަށާއި އަދި ބައެއް މަޝޫރު ހޮޓާތަކަށް އީސްޓާ ސަންޑޭއާއި ދިމާކޮށް ޖާނުން ފިދާވެގެންދިން ހަމަލާތަކުގެ ޒިންމާ ނަގައިފައިވަނީ އައިއެސް ޖަމާއަތުންނެވެ. މި ހަމަލާތަކާއި ގުޅިގެން ލަންކާގައި ދިރިއުޅޭ މުސްލިމުން މިހާރު ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މިގޮތުން މާދަމާ އޮންނަ ހުކުރު ނަމާދުގެ ޖަމާއަތުގައި ބައިވެރިވުން ރައްކާތެރި ނޫންކަމަށް ގިނަ ފަރާތްތަކަކުންދަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް