ސައުދީ ވަލީ އަޚްދު މުޙައްމަދު ބިން ސަލްމާން - ފޮޓޯ: ވޯލް ސްޓްރީޓް ޖަރަނަލް

ސައުދީއިން ކޮރަޕްޝަނާއި ދެކޮޅަށް ފެށި ހާއްސަ އޮޕަރޭޝަން ނިންމާލައިފި

ސައުދީ އަރަބިއްޔާއިން 2017 ވަނަ އަހަރުގެ ނޮވެމްބަރ މަހު ފެށި ކޮރަޕްޝަނާއި ދެކޮޅު ހާއްސަ އޮޕަރޭޝަން ނިންމާލައިފިއެވެ.

ސައުދީ އަރަބިއްޔާގެ ރޯޔަލް ކޯޓުން ހާމަކުރި ގޮތުގައި މިހާއްސަ އޮޕަރޭޝަންގައި، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރި ހާއްސަ ކޮމެޓީއިންވަނީ 107 ބިލިއަން ރުފިޔާ ހޯދައިފައެވެ. އޭގެ ތެރޭގައި ފައިސާގެ އިތުރުން މުދާ ވެސް ހިމެނެ އެވެ. އެ ފައިސާ ހޯދާފައި ވަނީ ހައްޔަރު ކުރި 87 މީހުންގެ އަތުންނެވެ. 

ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެކުލަވާލި ކޮމެޓީއިންވަނީ 381 ފަރާތެއް ހާޟިރުކޮށް ސުވާލުކޮށްފައެވެ. އަދި މީގެތެރެއިން ބައެއް ފަރާތްތައް ހައްޔަރު ކުރެވިފައިވެސް ވެއެވެ. ހައްޔަރު ކުރެވުނު ފަރާތްތަކުގެ ތެރޭގައި ބިލިއަނަރުންނާއި ޕްރިންސުންނާއި ކުރީގެ ވަޒީރުން ހިމެނެ އެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާގޮތުގައި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކޮރަޕްޝަނާ ދެކޮޅުގެ ނަމުގައި ހިނގި ހަރަކާތްތަކަކީ ސައުދީ އަރަބިއްޔާގެ ރަސްކަމުގެ ބާރު ވަލީއަހުދުގެ އަތްމައްޗަށް އެކީއެކަށް ގެނައުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ. ނަމަވެސް ވަލީއަހުދު މިތުހުމަތުތައް ދޮގު ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ