އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ޔަހޫދީންގެ ފައްޅިއަކަށް (ސިނަގޮގޮ) ބަޑިން ހަމަލާދީ އަންހެނަކު މަރާލާ އިތުރު ތިންމީހަކު ޒަހަމްކޮށްލައިފިއެވެ.
މި ހަމަލާއާއި ގުޅިގެން 19 އަހަރުގެ ފިރެހެނަކު މިހާރުވަނީ ހައްޔަރުކޮށްފައެވެ. މި ހަމަލާދިން ސަބަބެއް އެމެރިކާގެ ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް ބުނެފައިވަނީ މި ހަމަލާ އަކީ "ހޭޓް ކުރައިމް" އެއްކަމަށް ބެލެވޭ ކަމަށެވެ.
އެމެރިކާގައި މީގެ ހަމަސް ކުރިންވެސްވަނީ ޔަހޫދީންގެ ފައްޅިއަކަށް ހަމަލާ ދީފައެވެ. މި ހަމަލާގައި 11 މީހުން މަރާލައިފައި ވެއެވެ.



