ފަރަށް އެރާފައިވާ ދޯންޏެއް - ފޮޓޯ: އެމްއެންޑީއެފް

ޑައިވިން ދޯންޏެއް ވިލުވަރު ފަރަށް އަރައިފި

ކ.ވިލުވަރު އިރު އުތުރު ފަރާތު ފަރަށް ޑައިވިން ދޯންޏެއް އަރައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ވިލުވަރު ފަރަށް އަރާފައިވަނީ، "ޝޯރލައިން" ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް ކަމަށާއި، ދޯނި ފަރަށް އެރިއިރު ދޯނީގައި ހަތަރު މީހުން ތިބި ކަމަށެވެ.

ފަރަށް އެރި ޝޯރލައިން - ފޮޓޯ: އެމްއެންޑީއެފް

4 މީހުންނާއެކު ދަތުރުކުރި ޝޯލރލައިން ނަމަކަށް ކިޔާ ޑައިވިންގ ދޯނި، ކ.ވިލުވަރު އިރު އުތުރު ފަރާތު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާއިން ހަރަކާތްތެރި ވެފައިވާ ކަމަށާއި، މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު އެ ސަރވިސް އަށް ލިބިފައިވަނީ މިއަދު ހެނދުނު 08:15 ހާއިރު ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ