މާދަމާ އިން އިން ފެށިގެން ސްރީލަންކާގައި އާންމުންގެ ތެރޭގައި އުޅޭއިރު މޫނު ނިވާކޮށްގެން އުޅުން މަނާކޮށްފިއެވެ.
މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ހިންގާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިގޮތަށް އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެން ކަމަށް ސްރީލަންކާގެ ރައީސް މައިތިރްޕަލާ ސިރިސޭނާގެ އޮފީހުން މިރޭ ވަނީ އިއުލާނުކޮށްފަ އެވެ.
މި ނިންމުމާއެކު ސްރީލަންކާގައި މޫނު ބުރުގާ އަޅައިގެން އުޅުން ވެގެންދާނީ މަނާ ކަމެއްގެ ގޮތުގައެވެ. މި ނިންމުން މިގޮތަށް ނިންމައިފައި މިވަނީ، މިއަދު ބޮޑުވަޒީރުގެ އޮފީހުން، ޖަސްޓިސް މިނިސްޓަރަށް މޫނު ބުރުގާ އެޅުން މަނާ ކުރާ ގާނޫނުނެއް ޑްރާފްޓްކުރުމަށް ލަފާ ދީފައި ވަނިކޮށެވެ.
ބޮޑުވަޒީރުގެ އޮފީހުން ބުނީ މޫނުބުރާ މަނާކުރަން ގާނޫނުތައް ހަދަން ނިންމީ ލަންކާގެ މުސްލިމުންގެ ދީނީ އިލްމުވެރިންގެ ޖަމިއްޔާ އޯލް ސިލޯން ޔަމިއްޔަތުލް އުލަމާ (އޭސީޖޭޔޫ) އާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.
ލަންކާގައި ދެއްލަކައެއްހާ މުސްލިމުން ދިރިއުޅެ އެވެ.




