ސުޕެއިންގެ އިންތިހާބު އެގައުމުގެ ސޯޝަލިސްޓް ވޯކާރސް ޕާޓީން ކާމިޔާބު ކޮށްފި

ސުޕެއިންގައި ވެރިކަންކުރާ ސޯޝަލިސްޓް ވޯކާރސް ޕާޓީ (ޕީ.އެސް.އޯ.އޭ) އިން އެގައުމުގެ އިންތިހާބު ކާމިޔާބު ކޮށްފިއެވެ.

ސުޕެއިންގައި އިއްޔެ ކުރިއަށްދިޔަ އެގައުމުގެ ޕާލަމެންޓް އިންތިހާބުގެ %99 ވޯޓު ފޮށިތައް މިހާރު ގުނައި ނިމިފައިވާއިރު ސުޕެއިންގައި ވެރިކަންކުރާ ޕާޓީ ޕީ.އެސް.އޯ.އޭ އިން ވަނީ ޕާލަމެންޓުގެ 350 ގޮނޑީގެ ތެރެއިން 123 ގޮނޑި ކާމިޔާބު ކޮށްފައެވެ.

އިދިކޮޅު މައިޕާޓީ، ޕީޕަލްސް ޕާޓީ އަށް ކާމިޔާބު ކުރެވިފައިވަނީ 66 ގޮނޑިއެވެ. ލިބުނު ކާމިޔާބުގެ އުފަލުގައި ސަޕޯޓަރުންނާއި ވާހަކަ ދައްކަމުން ޕީ.އެސް.އޯ.އޭ ގެ ލީޑަރު އަދި ޕުރައިމް މިނިސްޓަރު ޕެޓްރޯ ސަންޗޭޒް ވިދާޅުވެފައިވަނީ، މުސްތަގްބަލް ލިބިއްޖެ ކަމަށާއި އަވަސް މުސްތަގްބަލެއްގައި ކޯލިޝަން ހެދުމަށް ޕާޓީތަކާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އިންތިހާބުގައި ވޯޓުލީ މީހުންގެ ގާތްގަނޑަކަށް %30 ވޯޓް ވެރިކަންކުރާ ޕީ.އެސް.އޯ.އޭ ޕާޓީން ހޯދާފައި ވެއެވެ. ނަމަވެސް ވެރިކަން ކުރުމުގެ ސާފު އަޣުލަބިއްޔަތެއް ލިބިފައި ނެތުމުން ކުދި ޕާޓީ ތަކާއި ކޯލިޝަން ހެދުމަށް ޕީ.އެސް.އޯ.އޭ މަޖުބޫރުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ