ރަމަޟާން މަހާއި ދިމާކޮށް ދިވެހި ރައްޔިތުންނަށް ބެހުމަށް ސައުދީ ސަރުކާރުންދޭ ކަދުރު މާދަމާ ދިވެހި ސަރުކާރާއި ހަވާލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިގޮތުން ދިވެހި ސަރުކާރާއި މާދަމާ ހެނދުނު 9:00 ގައި މިކަދުރު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހުންނަ ސައުދީގެ އެމްބަސީންނެވެ.
ސައުދީން ވަނީ މިދިޔަ އަހަރުގެ ރޯދަ މަހަށް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ. މިދިޔަ އަހަރު ރޯދަ މަހުގައި މާލެއާއި އަތޮޅުތެރެއިން ޖުމްލަ 24345 ގޭބިސީއަށް ކަދުރު ބަހާފައިވެ އެވެ. ކަދުރު ބަހައިފައިވަނީ ކައުންސިލްތަކާއި ހަވާލު ކޮށްގެނެވެ.
ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށް ސައުދީ ސަރުކާރުން އިސްލާމީ ގައުމުތަކަށް ގިނަ އަދަދަކަށް ކަދުރު ފޮނުވަމުން ދެއެވެ. މިގޮތުން ސައުދީން 6500 ޓަނުގެ ކަދުރު އެކި ގައުމުތަކަށް މިއަހަރުވެސް ބަހާނެ އެވެ.




