ލާމު ލިންކް ރޯޑު - ފޮޓޯ: ދި އެޑިޝަން

ލާމު ލިންކު ރޯޑުގައިވެސް ހެލްމެޓް ނާޅާނަމަ މިރެއިންފެށިގެން ޖޫރުމަނާ ކުރެވޭނެ

ލާމު ލިންކު ރޯޑުގައި ހެލްމެޓް ނާޅާ ދުއްވާ ފަރާތްތަކާމެދު މިރެއިންފެށިގެން ފިޔަވަޅުއަޅާގޮތަށް ފުލުހުން ނިންމައިފިއެވެ.

ޓްރެފިކްގެ ޤާނޫނަށް ގެނައި ބަދަލާއެކު ރާއްޖޭގެ ބައެއް މަގުތަކުގައި ހެލްމެޓް އަޅަން މަޖުބޫރު ކޮށްފައިވެއެވެ. އެގޮތުން ލާމު ލިންކު ރޯޑަކީވެސް މި ޤާނޫނުގެ ދަށުން ހެލްމެޓް އަޅަން މަޖުބޫރު މަގެކެވެ. އަދި މިމަގުގައި ހެލްމެޓް ނާޅާ ދުއްވާ މީހުންނާ މެދުވެސް މިރޭން ފެށިގެން ފިޔަވަޅު އަޅަން ފުލުހުން ނިންމައިފިއެވެ.

މިރޭ 12:00 އިން ފެށިގެން ހެލްމެެޓް ނާޅާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ ޖޫރިމަނާ އަންނާނެއެވެ. އެ ގާނޫނު ތަސްދީގު ކުރުމަށްފަހު ގަން ފޮނަދޫ ސަރަހައްދުގައި ޖޫރިމަނާ ކުރުން މަޑު ޖައްސާލާފައި އޮތީ، މަގުގައި ޖަހާފައިވާ ބައެއް ބޯޑުތަކަށް ބަދަލު ގެންނަން ޖެހުމުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން ހިންގާ ހެލްމެޓް އެޅުމުގެ ޕްރޮގްރާމް ނުނިމި އޮތުމުންނެވެ.

މިރޭ 12:00 އިން ފެށިގެން ލާމު ލިންކު ރޯޑުގައި 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވޭ ސަރަޙައްދު ތަކުގައި ހެލްމެޓް އަޅާތޯ ޓްރެފިކް ފުލުހުން ބަލަމުންދާނެކަމުގެ މަޢުލޫމާތުވަނީ ލިބިފައެވެ.

ހެލްމެޓް އެޅުމާއިބެހޭގޮތުން ޓްރާންސް ޕޯޓް މިނިސްޓްރީން އާންމުކޮށްފައިވާ ޤަވާޢިދުގައިވާ ގޮތުން 30 ކިލޯމީޓަރަށްވުރެ ބާރު މިނުގައި ދުއްވޭ މަގުތަކުގައި ސައިކަލް ދުއްވަންވާނީ ހެލްމެޓް އަޅައިގެންނެވެ. އަދި މި ޤަވާޢިދާއި ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖުރިމަނާ ކުރާއިރު ދެވަނަ ފަހަރަށް ދުއްވައިފިނަމަ 750 ރުފިޔާ އަދި ތިނަވަނަ ފަހަރަށް ދުއްވައިފިނަމަ 1000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ޤަވާޢިދުގައިވެއެވެ.

ހެލްމެޓްގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކަކީ ކޮބާ

އިންޖީންލީ އެއްގަމު ދުއްވަން ޖެހޭ ޤަވައިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި އޭ-01 އާއި އޭ-0 ކެޓަގަރީގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދު ދުއްވާއިރު ބޭނުންކުރުމަށް ޚާއްޞަކޮށްފައިވާ އަދި ބޭނުންކުރާ ފަރާތުގެ ބޮލަށް ހެޔޮވަރު ހެލްމެޓަކަށް ހެލްމެޓް ވާން ޖެހޭނެއެވެ.

އޭގެ އިތުރުން ހެލްމެޓް ބޭނުންކުރާ ފަރާތުގެ ދަތްދޮޅި ދަށުން ހަރުކުރެވޭ ގޮތަށް އެކަމަށް ޚާއްޞަ ކަމަރެއް ހަރުކޮށްފައިވާ ހެލްމެޓަކަށް ވެސް ހެލްމެޓް ވާން ޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ