ހިންމަފުށީ ނެރު ކައިރިން ހާލުގައި ޖުހުނު ދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދެނީ

ކ އަތޮޅު ހިންމަފުށީ ނެރު ކައިރިން ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް އިން ހަރަކާތްތެެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދޭގޮތުގައި މި ދޯންޏަކީ "ރިލެކްސް މާރލިން" ނަމަކަށް ކިޔާ 45 ފޫޓުގެ ދޯންޏެކެވެ. އަދި ދޯނި ހާލުގައި ޖެހިފައިވަނީ ރޭގަނޑުގެ މަސްވެރިކަމަށް ނުކުމެ އުޅެކޮށެވެ.

ދޯނީގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައިވަނީ މިރޭ 10:04 ގައެވެ. އިންޖީނު ހުއްޓުނުއިރު ދޯނީގައި 20 މީހުން ހުރިކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ކަނޑު ދަތުރުފަތުރު ކުރައްވާ ބޭފުޅުން ސަލާމަތީ ކަންކަމަށް ސަމާލުކަން ދީގެން ކަނޑު ދަތުރުފަތުރު ކުރުމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. މިދުވަސްވަރަކީ ހުޅަނގުގެ ވިއްސާރަ ރާއްޖޭގެ ގިނަ ހިސާބުތަކަކަށް ކުރަމުންދާ ދުވަސް ވަރެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ