ކިޔަވައިދިނުމުގެ މުޤައްރަރު ބަދަލުކުރަން ރައީސް ނަޝީދު ގޮވާލައްވައިފި

ދިވެހިރާއްޖޭގެ ތައުލީމީ މަންހަޖަށް ފާޑުވިދާޅުވެ ކިޔަވައިދިނުމުގެ މުޤައްރަރު ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ވެރިކަންކުރާ މައި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމް ދީނުގެ ނަމުގައި ހިންގަމުން މިދާ ކަންކަމަށް ބަލާ، ރާއްޖޭގެ މުސްތަޤްބަލް ސަލާމަތް ކުރުމަށްޓަކައި މިވަގުތު އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުޤައްރަރު އިސްލާހު ކުރުން ކަމަށެވެ.

"މިހާރުގެ ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފައްދާފަދަ ވާހަކަތައް މާގިނަ" ދިވެހިރާއްޖޭގެ ތައުލީމީ މަންހަޖުގެ ތެރެއިން އިސްލާމް މާއްދާއަށް ނިސްބަތްކޮށް އެޑިއުކޭޝަން މިނިސްޓަރ ޓެގްކުރައްވާ ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މުޤައްރަރު ބަދަލުކުރަންޖެހޭކަމަށް ރައީސް ނަޝީދުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ޓްވީޓް ކުރައްވާފައި މިވަނީ ނަޝީދު ގެންގުޅުއްވާކަމަށް އަޑުފެތުރިފައިވާ ފޭކް ޓްވިޓަރ އެކައުންޓް "އެލެކްސް އަޙްމަދު" އައިޑީ ތައުލީމީ މަންހަޖަށް ފާޑުވިދާޅުވިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

ސީރިއާގައި ތިބި ދިވެހި ކުޑަކުދިންގެ މަޢުލޫމާތުތައްވެސް އާއްމުކުރި "އެލެކްސް އަޙްމަދު" ގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ތައުލީމީ މަންހަދު ބަދަލުކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ތައުލީމީ މަންހަޖު ބަދަލުކުރަންޖެހޭ. އަދި އިސްލާމް ދީނަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓުވަންޖެހޭ. އެއްބައި މީހުނަށް ވޯޓުން ކުރި ނުލިބުމުން ސިޔާސީގޮތުން ދީން ބޭނުންކުރުން ނިމުމަކަށް އާދޭ. ނަމަވެސް މަންހަޖު އިސްލާހުކުރުމުގެ ވާހަކަ ދައްކަން އެބަޖެހޭ." އެލެކްސް އަޙްމަދުގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ތައުލީމީ މަންހަޖު ބަދަލުކުރަން ރައީސް ނަޝީދު ގޮވާލެއްވިއިރު، އެމަނިކުފާނުގެ ވެރިކަމުގައި ދިވެހި އަދި އިސްލާމް މާއްދާއަކީ މަޖުބޫރު މާއްދާތައް ނޫންކަމުގައި ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ